އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފިއެވެ.

ކުރިއަށް އޮތް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު 2336 މީހުންނަކީ އަލަށް ވޯޓު ލުމުގެ ހައްގު ލިބޭ މީހުންނެވެ.

މި ލިސްޓް ފައިނަލް ކޮށްފައިވަނީ މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހާއި ހަމައަށް 18 އަހަރު ފުރޭ މީހުން ހިމަނައިގެންނެވެ.

ފައިނަލް ލިސްޓު އާންމުކުރިއިރު މިލިސްޓާއި ގުޅިގެން 1256 ޝަކުވާއެއް އީސީ އަށް ހުށަހަޅާފައިވެއެވެ.

މަޖިލީހުގެ 87 ދާއިރާއަށް މި ފަހަރު 393 ކެންޑިޑޭޓުން ވާދަ ކުރާއިރު މިފަހަރު ބަހައްޓާނީ 497 ވޯޓުފޮށްޓެވެ.