އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތައް ހުއްޓާލަން، ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވާކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެގޮތުން އެސްޓީއޯގެ ދަށުން ހިންގަމުންދާ، އެސްޓީއޯ ހޮޓަލްސް އެންޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލިމިޓެޑް އުވާލުމަށް އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން، އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ޕޓއ ހިންގުން ވަގުތީގޮތުން ހުއްޓާލުމަށް ނިންމާ އެކަން ކުންފުނީގެ ހިއްސާދާރުންނަށް އަންގާފައި ވާކަމަށް އެކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބައެއް ސަބްސިޑަރީ ކުންފުނިތައް އުވާލަން ނިންމާފައި ވަނީ، އެ ކުންފުނިތައް ކުރިއަށް އޮތްތަނުގައި ހިންގުމަށް އެކަށީގެންވާ މިންވަރަށް ނަފާ ލިބެމުން ނުދާތީކަމަށް ހުސެއިން އަމްރު ވިދާޅުވިއެވެ.