ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސިއްހީ ފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވޭނެ އިންތިޒާމް ހަމަޖައްސާ ދިނުމަށް އިދިކޮޅު ޕީއެންސީން ގޮވާލައިފިއެވެ.
ރައީސް ޔާމީންގެ ބޭސްފަރުވާގެ ކަންކަމަށް އިހުމާލު ނުވުމަން ފީއެންސީގެ ފަރާތުން ގޮވާލައި ކަމަށާއި އަދި ވީ އެންމެ އަވަސް ފުރުސަތެއްގައި އެމަނިކުފާނުގެ ސިއްހީ ފަރުވާ އަށް ރާއްޖެއިން ބޭރަން ވަޑައިގެންނެވޭނެ އިންތިޒާމް ހަމަޖައްސާ ދިނުމަށް އެދި ކޮންގްރެސް ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅިގެން ހަދަންޖެހޭ ބައެއް ޓެސްޓުތައް ރާއްޖެ އިން ހެދެން ނެތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އާއިލާއާއި ޕްރޮގްރެސިވް ކޯލިޝަނުން ވެސް އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވާކަން ފާހަގަކުރައްވާފައެވެ.
މި ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ހިއުމަން ރައިޓްސް ކޮމިޝަނާ ވެސް ހިއްސާކުރެއްވި ކަމަށާއި ނަމަވެސް މިކަމުގައި އެއްވެސް އަލިމަގެއް އަދި މިހާތަނަށް ފެނިވަޑައިގެންފައިނުވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޔާމީން މި ވަގުތު ހުންނެވީ ދައުލަތުގެ ބަންދެއްގައި ކަމުގައި ވާތީ ދައުލަތުގެ ފަރާތުން އެކަންކަން ބަލާ މުއައްސަސާތަކުން އެމަނިކުފާނުގެ ހާލުކޮޅާ މެދު ކަންބޮޑުވެ ލިބެންޖެހޭ ފަރުވާތަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިންސާފުވެރިގޮތަކީ ފޮނުވުން. އައި ޑޯންޓުނޯ ޖަޒީރާ އިންސާފު