ތ. ތިމަރަފުށީގައި ދުއްވާފައި ދިޔަ ވޭނަކުން ޖެހި އަންހެނަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ. ފުލުހުން ބުނީ މިހާދިސާ ހިނގާފައި ވަނީ ތިމަރަފުށީ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން އަންހެން މީހާ ހިނގާފައި ދަނިކޮށް ދުއްވާފައި ދިޔަ ވޭނެއް އޭނާގެ ގައިގާ ޖެހިގެން ކަމަށެވެ.

މިހާދިސާގައި އަންހެން މީހާގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސްފައި ވާކަމަށާ ތިމަރަފުށީ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށް ފަހު މިހާރު އެއަތޮޅު ވޭމަންޑޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދާ ކަމަށެވެ.

އަދި މަސައްކަތް ކުރަނީ އިތުރު ފަރުވާއަށް އަންހެން މީހާ މާލެ ގެންދިއުމަށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާދިސާގައި އަނިޔާވި މީހަކީ އުމުރުން 52 އަހަރުގެ މީހެކެވެ.