މާލޭގެ ގެއެއްގެ 6 ވަނަ ބުރިން ވެއްޓި 97 އަހަރުގެ މީހަކު މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 4:05 ހާއިރު ކަމަށާ މިހާދިސާގައި މަރުވެފައިވަނީ ފިރިހެނެއް ކަމަށެވެ.

މިމީހާ ވެއްޓުނު އެޑްރެހެއް އަދި ވެއްޓުނީ ކީއްކުރަނިކޮށް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

މިފަހަކަށް އައިސް މާލޭގެ އިމާރާތް ތަކުން މީހުން ވެއްޓުމާ، އަދި އެކި ބާވަތުގެ ތަކެތި މަގުމައްޗަށް ވެއްޓެވުމް ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.