މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެއެވެ. "ދަޕްރެސް" އާ ވާހަކަ ދެއްކި މީހަކު ބުނީ ދާދި ދެންމެ އަކާ ޖެހެންދެން ބައެއް ހިސާބުތަކުގައި ކަރަންޓް ހުރިނަމަވެސް މިހާރު މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިފައި ވާކަމަށެވެ.

ހުޅުމާލެއިން ކަރަންޓް ދިޔަ ސަބަބެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.

މާލެ އަދި ހުޅުމާލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިންވެސް ދިމާވި މައްސަލައެއް އަދި ހާމައެއް ނުކުރެއެވެ.