މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ޕެކެޓްތަކަކާ އެކު އިއްޔެ މާލެއިން ހައްޔަރުކުރި 21 މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާގެ އިތުރުން 5 މީހުން ދޫކޮށްލައި ބާކީ ތިބި މީހުންނަށް މުއްދަތު ޖަހައިފިއެވެ.

އިއްޔެ ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެއް ބަލާފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ 38 ރަބަރު ޕެކެޓާ އެކު 21 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އޭގެ ތެރޭގައި 19 ދިވެހިންނާއި، 18 އަހަރުން ދަށުގެ ކުޑަކުއްޖަކާއި ބިދޭސީއެއް ހިމެނެއެވެ.

18 އަހަރުން ދަށުގެ ކުޑަކުއްޖާ ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލާފައި ވާއިރު، ބާކީ ތިބި 20 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ފަސް މީހަކު ވަނީ ދޫކޮށްލާފައި ވެއެވެ.

އޭގެތެރެއިން ކޯޓަށް ހާޒިރުކުރުމަށް 12 މީހުންނަށް ފަސް ދުވަސް މުއްދަތު ޖަހާފައިވާއިރ،ު ތިން މީހުންނަށް ތިން ދުވެސް މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ބެނެއެވެ.

މި މައްސަލަ އަދިވެސް ތަހުގީގު ކުރިމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ފުލުހުން ހިންގި ތިން އޮޕަރޭޝަނެއްގައި 11 މީހުން ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި އަންހެނަކާއި، 18 އަހަރު ނުފުރޭ ކުޑަކުއްޖު އަދި ނުވަ ފިރިހެނުން ހިމެނެއެވެ.