ހުޅުމާލެ ފޭސް ދޭއްގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ވެއްޓި މަރުވެފައި ވަނީ ޗައިނާގެ ރައްޔިތެއް ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ މިއަދު 8:29 ގައި ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ވެއްޓިފައިވަނީ ހަވަނަ ޓަވަރުގެ ނުވަ ވަނަ ފަންގިފިލާއިން އެ ޓަވަރުގެ ދެ ވަނަ ފަންގިފިލާޔަށް ކަަމަށެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެނގިފައެއް ނުވެއެވެ.

ފުލުހިން ބުނީ، އެ މީހާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި ފަހަކަށް އައިސް މިފަދަ ނުރައްކާތެރި ހާދިސާ ދަނީ އިތުރުވަމުންނެވެ. މިދިޔަ މަހު 17 ވަނަ ދުވަހު ހުޅުމާލޭގައި ހަނދަމުން ދިޔަ އިމާރާތެއްގެ މަތިން ވެެއްޓުނު ގަލަކުން ޖެހި ބަންގްލަދޭޝް ރައްޔިތަކު މަރުވެފައިވާ އިރު، މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަކުއްޖަކުވެސް ވަނީ މަރުވެފައެވެ.