ރައްޔިތުންގެ މަޖިލީހުގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ އެއްވެސް ގޮތަކަށް ޓްވިޓާ ބޭނުން ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުމް ބުނެފިއެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅީ އެކަމަނާގެ ނަމާއި ފޮޓޯ ބޭނުންކޮށްގެން ޓްވީޓް ކުރަންމުންދާ އެކައުންޓް ތަކަކީ ފޭކް އެކައުންޓްތަކެއް ކަމަށެވެ.

"މި އެކައުންޓުން ފިލްޒާގެ ނަމުގައި ކުރިން ޓްވީޓް ކުރި ނަމަވެސް މިހާރު ޓްވީޓްތައް ވަނީ ޑިލީޓް ކުރެވިފަ އަދި މިހާރު ގިނައިން ހުންނަނީ ރިޓްވީޓްކޮށްފަ" ޒިޔާއު ވިދާޅުވިއެވެ.

ފޭކް އެކައުންޓްގެ ވާހަކައަކީ މި އެކައުންޓުން ސަރުކާރުގެ އިސްވެރިންނާއި އެހެނިހެން ބޭފުޅުން ފޮލޯ ކުރާތީ އެބޭފުޅުންގެ މައުލޫމާތަށްޓަކާ އާންމު ކުރި މައުލޫމާތެއް ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.