ކުރީގެ އެމްއެންބީސީއާއި ބިގް ކުންފުންޏާ ދެމެދު ހެދި އެގްރީމެންޓަކަށް ޕީއެސްއެމުން ދޭން އުޅުނު 30 މިލިއަން ރުފިޔާ ދޫކުރުން މަޑު ޖައްސާލަން ދާދި ދެންމެ އަކު މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
މާލިއްޔަތު ކޮމިޓިން މިގޮތަށް ފާސްކުރީ ދައުލަތަށް ގެއްލުން ލިބޭގޮތަށް ހަދަފައި އޮތް އެގްރީމެންޓެއްގެ މައްޗަށް ބަލާ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބިގަށް 30 މިލިއަން ރުފިޔާ ދޫކުރުމުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހެޅުމާ ގުޅިގެންނެވެ.
ބިގާ އެކު އޭރުގެ އެމްއެންބީސީ އިން ހަދާފައި ވާ އެގްރީމަންޓް ބުނާ ގޮތުން، އެމްއެންބީސީން ކުރާ ވިޔަފާރިއާ މުޅި އާމްދަނީގެ 15 އިންސައްތަ ބިގަށް ދޭން ޖެހެއެވެ. އަދި އެގްރީމަންޓާ އެއްގޮތަށް ފައިސާ ނުދޭނަމަ މަހުން މަހަށް އަރާ ޖޫރިމަނާ 55 ހާހަށް އަރައެވެ.
މާލިއްޔަތު ކޮމިޓީން އެކަން ހުއްޓުވަން ފާސްކުރި އިރު މިހާރުގެ ޕީއެސްއެމް ބޯޑުން ވަނީ ބިގަށް 78 މިލިއަން ރުފިޔާ 1 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރަން ފާސްކޮށްފައެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ޖަލްސާ އަދިވެސް ކުރިއަށް އެބަދެއެވެ.
މަޑުޖައްސާލަން ފާސްކުރިޔަސް މިހާރުވަނީ 30 މިލިޔަން ދީފަ މިނިސްޓަރު އަމީރު ލޯނުހަމަޖައްސަ ދިނުމުން