ނިއުކްލިއާ ދެ ބާރު ކަމުގައިވާ އިންޑިއާއާ ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަ ނުޖެހުންތައް އިތުރު މަރުހަލާއަކަށް ހިނގައްޖެއެވެ. މަސްރަހު އިތުރަށް ހޫނުވީ އިންޑިއާ އިން ޕާކިސްތާނުގެ ސަރަހައްދަކަށް ބޮން އެޅުމުންނެވެ. އެ ހަމަލާގައި ހަތިޔާރު އެޅި ގިނަ ބަޔަކު މަރާލެވިފައި

ވާކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕަކިސްތާނުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އިންޑިއާގެ ހަމަލާގެ ބަދަލު ވަރަށް ފުރިހަމައަށް ހިފާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ބޭނުން ވީމާ ބޭނުންވާ ތަނަކަށް ބޭނުންވާ ވަގުތަކު ހަމަލާ ދޭނަން" ޕާކިސްތާނުގެ މަސްދަރުތަކުން ވަނީ ބުނެފައެވެ.

އިންޑިއާއާ ޕާކިސްތާނުގެ މަސްރަހު ހޫނުވީ އިންޑިއާގެ ކަޝްމީރާ ވީ ފަޅީގައި ހަތިޔާރު އެޅި ބަޔަކު އިންޑިއާގެ ސިފައިންގެ ބަޔަކަށް ހަމަލާދީ މަރާލުމާ ގުޅިގެންނެވެ. އިންޑިއާއިން ވަނީ މި ހަމަލާގެ ޒިންމާ ޕާކިސްތާނު ސަރުކާގެ ބޮލުގައި އަޅުފާވައެވެ. އިންޑިއާއިން ބުނެފައި ވަނީ ހަތިޔާރުއެޅި ޖަމާއަތްތަކަށް ހަރަކާތްތެރި ވެވެނީ ޕާކިސްތާނު ސަރުކާރުން އެފުރުސަތު ދޭތީ ކަމަށެވެ.

1947 ގައި އިނގިރޭސީންގެ ހިމާޔަތުން މިނިވަން ވި ފަހުން ކަޝްމީރު ހޯދުމަށް ދެގައުމުން ކުރަމުންދާ ހަނގުރާމަ ހުއްޓައެއް ނުލައެވެ. މިހާތަނަށް ބޮޑު 3 ހަނގުރާއެއް ކޮށްފައިވާ އިރު ދޭތެރެ ދޭތެރެއިން ހަމަލާ ބަދަލު ކުރެއެވެ.

ކަޝްމީރަކީ މުސްލިމުން ގިނަ ގުދުރަތީ ވަސީލަތްތަކުން މުއްސަނދި ސަރަހައްދެކެވެ.