ކުރީގެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރު މުހައްމަދު ޝަކީލް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މިރޭ ހަމަޖައްސައިފިއެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިރޭ ވިދާޅުވީ، ޝަކީލް އެމަގާށް ހަމަޖެއްސެވީ މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި، އެންމެންގެ އިއްތިފާގުންކަމަށެވެ. އެކަން އިއުލާނުކުރައްވަމުން ނިހާން މިރޭ ކުރެއްވި ޓްވީޓުގައި، އޭނާއަށް މަރުހަބާ ދަންނަވާފައިވެއެވެ.

ޝަކީލް މި މަގާމަށް އައްޔަނުކޮށްފައިވަނީ، ކުރިން އެމަގާމުގައި ހުންނެވި، ކުރީގެ އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މީގެ މަހެއްހާ ދުވަސްކުރިން، މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ޝަކީލުވަނީ ކުރީގެ ސަރުކާރުގައި އިކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައެވެ.