ފަހުރުވެރިވާ ސިޔާސަތުތަކަކާއިއެކު ވުޖޫދުވި އެމްޑީޕީގައި އިހުލާސްތެރިންނާ އަދާވަތްތެރިން ވަކިނުވާތީ ހިތާމަކުރައްވާ ކަމުގައި މިއަދު އެޕާޓީއިން ވަކިވެވަޑައިގެންނެވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވަމުން ރުކުމާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހިތާއި ރޫހުން އަދި ޖާނާއި މާލުން ގުރުބާންވި ޕާޓީ، އެމްޑީޕީއިން އިސްތިއުފާދެއްވި ސިޓީ އެމްޑީޕީ ސެކްރެޓޭރިއަޓާއި ހަވާލުކުރެއްވީ ހިތާމައާއިއެކުގައިކަމަށެވެ.

ރުކުމާ އެމްޑީޕީއިން މިއަދު ވަކިވެ ވަޑައިގެންފައި ވާއިރު، އޭނާ މިހާރު މަޖިލީހުގައި ތަމްސީލު ކުރައްވަމުން ގެންދަވާ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ ޕްރައިމެރީއިން ނާކާމިޔާބުވެ ވަޑައިގެންފައެވެ.

ރުކުމާ އެމްޑީޕީއިން ވަކިވެވަޑައިގެންފައި މިވަނީ، ޕްރައިމަރީން ނާކާމިޔާބާ ކުރިމަތިވި، އެމްޑީޕީގެ އެއްވެސް މެންބަރަކުރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. އަދި ޕްރައިމަރީން ބަލިވި މެމްބަރަކު އިންތިހާބުގައި ވާދަކޮށްފިނަމަ އެމީހަކާމެދު ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ބުނެފައިވަނިކޮށެވެ.