ކުރީގެ ނައިބު ރައީސް އަދި އެމްޓީޑީގެ ރައީސް އަހުމަދު އަދީބް އައިޖީއެމްއެޗްގެ ކާޑިއޮލޮޖީ ޑިޕާޓްމަންޓަށް ގެންގޮސް ޑޮކްޓަރަށް ދައްކައިފިއެވެ.

މިއަދު ހެނދުނު އަދީބު ހޮސްޕިޓަލަށް ގެންދިޔައީ ކަރެކްޝަނަލް ސާވިސުންނެވެ.

ޑޮކްޓަރަށް ދެއްކުމަށް އަދީބު އައިޖީއެމްއެޗަށް ގެންގޮސްފާ ވާކަން އަދީބުގެ އާއިލާއަށް އަންގާފައިނުވާ ކަމަށް އާއިލާއިން ބުނެއެވެ. އަދި މިއަދު ޑޮކްޓަރަށް ދައްކަން ގެންދިޔައީ ކީއްވެގެންކަން ވެސް އާއިލާއަށް އެނގިފައެއްނުވެއެވެ.

އަދީބުގެ އަނބިކަބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ މިދިޔަ ހަފުތާގައި އެމްސީއެސްއިން ލިބުނު ޑޮކިއުމަންޓްތަކުން ދައްކާ ގޮތުގައި ނާރުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށްފަހު އަދީބުގެ ސިކުނޑީގެ އެމްއާރްއައި އެއް ހެއްދިކަމަށްވެއެވެ.

އަދީބަށް ސްޓްރެސް ފްރީ މާހައުލެއް ދިނުމަށް ޑޮކްޓަރު ދެއްވި ލަފައަށް އެއްވެސް ގޮތަކަށް އަމަލު ނުކުރެވޭ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

އަދީބު ޖަލުގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗު، ފިނިފެންމާ ގޮއްވާލި ހާދިސާއާއި ގުޅިގެން ކުރި ޓެރަރިޒަމްގެ ދައުވާއާއި އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއްގައެވެ.