ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ހިލޭ ބަހާ 5000 ހެލްމެޓު އަންނަ ބްރާސްފަތި ދުވަހު ބެހުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.
ހެލްމެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހުލާގާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ދެ ގަޑި އިރުގެ ތަމްރީން ސެޝަނެއްގައި ބައިވެެރިވެ، އެ ޕްރޮގްރާމް ފުރިހަމަަ ކުރާ ފަރާތްތަކަށެވެ.
2500 މީހުން، ނަން ނޯޓު ކޮށްފައިވާ މި ޕްރޮގްރާމް ބޭއްވުމަށް ހަަމަޖެހިފައިވަނީ ބްރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައެވެ.
އަނެއް 2500 ހެލްމެޓް ބެހުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ އަާއި ލާމު އަތޮޅުގެ ގުޅިފައިވާ ރަށްތަކަށެވެ.
މި ޕްރޮގްރާމްގެ ބޭނުމަކީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއި ބާރަށް ދުއްވުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެއްކަން އުނޅަދު ދުއްވާ ފަރާތްތަކަށް އަންގައި ދިނުމާއެކު ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމެވެ.
ރައްކާތެރިކަން ކުޑަކޮށް ދުއްވުމުގެ ސަބަބުން ގިނަ އެކްސިޑެންޓްތަކެއް ހިނގަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.