ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުންނަ އުޅަނދުތަކުގައި ޕާކިން ސްޓިކާ ޖަހަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގެ ސަބަބުން އާމުންނަށް ދަތިތައް ކުރިމަތިވެ އެކަމުގެ ޝަކުވާ ލިބެމުން ދާތީކަމަށެވެ.
އެހެން ކަމުން މިއަދުން ފެށިގެން ނުވަ ސަރަހައްދެއްގައި ގަވާދާ ހިލާފަށް ޕާކު ކުރާނަމަ ޓްރެފިކް ވަޔޮލޭޝަން ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ސަރަހައްދުތަކަކީ:
-
މިސްކިތްތައް ކައިރި
-
ކަފިހި ހުރަސް/ ދުވާރު
-
މަގު/ ގޯޅި ތަކުގެ ކަންމަތި
-
ސްކޫލުތައް ކައިރި
-
ހޮސްޕިޓަލުތައް ކައިރި
-
ބޭންކުތައް ކައިރި
-
ބޮޑުތަކުރުފާނު މަގުގެ ތާރުއަޅާފައިވާ ސަރަހައްދު
-
ފުލުހުންގެ ކޯނު/ ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު
-
ޑަބަލް ލައިން ދަމާފައިވާ ސަރަހައްދު
މި ސަރުކާރުން ޕާކިން ސްޓިކާ ޖެހުން ވަނީ ހުއްޓާލާފައެވެ. ޕާކް ކުރާނެ ތަން ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެންޕެއިން ގައި ވިދާޅުވެފައެވެ.
ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލާފައިވީ ނަމަވެސް ގަވާއިދާ ހިލާފަށް ޕާކް ކޮށްފައި ހުންނަ އުޅަދުތައް ޓޯ ކުރުން ހުއްޓާލައިފައި ނުވެއެވެ.