ރޭ ފަތިހު 4.00 ހާއިރު އައްޑޫ ސިޓީގައި އިންޑިޔާ ފިރިހެނަކަށް ތޫނު އެއްޗަކުން ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.

އޭނާ އަށް ހަމަލާ ދީފައިވަނީ ހިތަދޫ ބޮޑުމަގުން ބައިސްކަލުގައި ދަނިކޮށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހަމަލާ ދީފައިވަނީ އޭނާގެ މޫނު މައްޗަށެވެ.

މިހާރު އޭނާއަށް ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް ފުލުހުން ބުނެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި މާރާމާރި އާއި ތޫނު އެއްޗެހިން ހަމަލާ ދިނުން ފަދަ ކަންކަން ދަނީ ގިނަ ވަމުންނެވެ. އެގޮތުން މިދިޔަ ހަފުތާގައި ހުޅުމާލޭގައި ވެސް މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވެއެވެ.