ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ހަނގުރާމަވެރިންތަކަކާއި އިންޑިއާ އަސްކަރިއްޔާގެ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކެއް ހިންގާ 5 މީހެއްގެ ފުރާނަ ގެއްލިއްޖެއެވެ.

ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، މަރުވެފައިވަނީ ހަނގުރާމަވެރިންގެ 3 މީހަކާއި ސަލާމަތީ ބާރުތަކުގެ 2 މީހަކު ކަމަށް މައުލޫމާތު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ އަސްކަރިއްޔާގެ ސިފައިންގެ ބޭކަލަކާއި ފުލުހެއް ކަމަށް ޚަބަރު ލިބެއެވެ.

ސްޓޭޓް ޕޮލީސް ޗީފް ދިލްބާޣް ސިންހް ވިދާޅުވީ ހަމަނުޖެހުން ހިނގާފައިވަނީ ކުލްގަމްގެ ތުރިގަމް އަވަށުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާއި ދެކޮޅަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ފެށި ހިސާބުން ކަމަށެވެ.

ސިންހް ވިދާޅުވީ މި ހަމަނުޖެހުންތަކުގައި މަރުވި 3 ހަނގުރާމަވެރިންނަކީވެސް ޖާއިޝީ މުޙައްމަދު ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށެވެ. މި ޖަމާއަތަކީ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ޕުލްވާމާއަށް އަމާޒުކޮށް އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއް ދިން ހަނގުރާމަވެރިޔާވެސް ނިސްބަތްވި ޖަމާއަތެވެ. މި ޖަމާއަތަކީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެކެވެ.

ބަޑީގެ ހަމަލާތަކުގައި ހަނގުރާމަވެރިންތަކެއް މަރުވި ޚަބަރާއިއެކު ގިނަ އަދަދެއްގެ އާންމުންވެސް އެއްވި ކަމަށާއި، ނަތިޖާއަކަށްވީ އިތުރު ކުރިމަތިލުންތަކެއް ހިންގާ، އާންމުންގެ 8 މީހަކު ޒަހަމްވުންކަމަށް ސިއްހީ އޮފިޝަލުން މައުލޫމާތު ދެއްވައެވެ.