ދައުލަތުގެ މީޑިއާއަށް ލިބޭހާ އާމްދަނީއެއްގެ 15 އިންސައްތަ މާކެޓިން ކުންފުންޏެއް ކަމަށް ވާ ބިގް އަށް ލިބޭގޮތަށް ދައުލަތުގެ މީޑިއާ ކުރިން ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްއެންބީސީ) އިން ހަދާފައިވާ އެއްބަސްވުމެއްގެ ޖޫރިމަނާ ކަމަށް ކަނޑައެޅި 78 މިލިއަންގެ ތެރެއިން 30 މިލިއަން ޕީއެސްއެމުން ބިގަށް ދީފިއެވެ. އެމްއެންބީސީން ދައުލަތުގެ މީޑިއާ ހިންގި އިރު ބިގް ކުންފުންޏާއެކު ހަދާފައިވާ އެއްބަސް ވުމަކީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުންޏަށް ލިބޭހާ އާމްދަނީއެއްގެ 15 އިންސައްތަ ބިގް ކުންފުންޏަށް ދޭން ޖެހޭ ގޮތަށް އޭރުގެ ދައުލަތުގެ މީޑިއާގެ މާކެޓިންގ މަސައްކަތްތަކަށް އަގުކޮށް ހަދާފައިވާ 5 މިލިއަން ރުފިޔާގެ އެއްބަސްވުމެކެވެ.

ދައުލަތުގެ މީޑިއާ މިއަދު ހިންގާ ކުންފުނިން އެފައިސާ ބިގް އަށް ދިނީ އޭރު ކުރެވިފައި އޮތް އެގްރީމެންޓާ އެއްގޮތަށް. ކަންކަން ނުދިޔަ ކަމަށް ބަލާ ކޯޓަށް މައްސަލަ ހުށަހެޅުމުން ޖޫރިމަނާއާއި އެއްކޮށް ޖުމްލަ 78 މިލިއަން އެމްއެންބީސީއިން ބިގް ކުންފުންޏަށް ދައްކަން ޖެހޭ ކަމަށް 2016 ވަނަ އަހަރު ދަށު ކޯޓުން ކޮށްފައި އޮތް ހުކުމަކަށް ބަލައިގެންނެވެ.

އެމްއެންބީސީން ދައުލަތުގެ މީޑިއާ ހިންގަނިކޮށް ސަރުކާރު ބަދަލުވެ، ދައުލަތުގެ މީޑިއާ ހިންގަން ފަހުން ހަވާލުވި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން އެ އެގްރީމެންޓް ބެލުމަށް ފަހު ނިންމި ކަމަށް އެނގިފައިވަނީ އެންބީސީގެ ގާނޫނާ ފުށޫއަރާތީ، ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބޭގޮތަށް އޮތް އެގްރީމެންޓް ބަލައި ނުގަތުމަށެވެ. ދައުލަތުގެ މީޑިއާ މިއަދު ހިންގާ ކުންފުނިން އެފައިސާ ބިގް ކުންފުންޏަށް ދޭން ނިންމީ ގާނޫނީ ގޮތުން ކޮން ލަފައެއް ލބިގެންކަން ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ޕަބްލިކް ސާވިސް މީޑިއާގެ އެމްޑީ އަލީ ޚާލިދު ވިދާޅުވީ އެ ފައިސާ ދޭން 2016ގައި އޮތް ހުކުމެއް އޮތުމުން ފައިސާ ދޭން ފެށްޓެވީ ކަމަށެވެ.

"އަޅުގަނޑުމެންގެ މާކުރިން ނިންމާފައި އޮތް ކަމެއް އެއީ، ހުކުމެއް އެބައޮތް، އިސްތިއުނާފުގެ މަރުހަލާތައް ނިމިފައި" ހާލިދު ވިދާޅުވިއެވެ.

"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި އެމައްސަލަ ދަށުކޯޓުން ނިންމި ގޮތަށް އޮތީއެވެ. އަދި ބައެއް މައްސަލަތަކަކީ އެކަމެއްގެ ސަބަބުން ދައުލަތަށް ނުހަނު ބޮޑު ގެއްލުންވާ ކަމެއް ނަމަ، އިސްތިއުނާފު ކުރުމުގެ މަރުހަލާ ފަހަނަ އަޅާ ދިޔަނަމަވެސް މަތީ ކޯޓުތަކަށް އިލްތިމާސް ކުރެވޭ ކަންކަމެވެ.

"އަޅުގަނޑަށް އެނގިފައެއް ނެތް، އިސްތިއުނާފު ކުރެވޭކަމެއް، މުއްދަތު ދިޔުމަށް ފަހު" ހާލިދު ވިދާޅުވިއެވެ.

ހާލިދު އިތުރަށް ވިދާޅުވީ ބިގް ކުންފުންޏަށް ދޭން ޖެހޭ ކަމަށް ހުކުމްގައި އޮތް ފައިސާ 1 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ނިންމަވާފައ ިވާކަމަށެވެ.

"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި ބިގް ކުންފުންޏަށް ފައިސާ ދޭނީ ޕީއެސްއެމްގެ ބަޖެޓުންތޯ ނިންމުމަށް ބޭއްވި ބޯޑު ބައްދަލުވުމުގައި އެކަން ފާސްކުރުމަށް ތިން ބެންބަރަކު ވަނީ ވޯޓުދެއްވާފައެވެ.