އެމްޓީސީސީގެ ޓަވަރުގައި ހުންނަ އެ ކުންފުނީގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ އެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:18 ހާއިރު ކަމަށެވެ. އެކަމާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމްޓީސީސީ އޮފީސް ފަޅާލައި ނަގާފައިވަނީ 80000 ރުފިޔާ އަށް ވުރެ ގިނަ ފައިސާއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ. މިހާތަނަން މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މަހު ކުރީކޮޅު އައްޑޫގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ޔުނިޓް ފަޅާލައިގެން ބައި ލައްކަ ރުފިޔާވެސް ވަގަށް ނަގާފައި ވެއެވެ.