މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގުޅިގެން ކަސްޓަމްސް ސަރަހައްދު ސާފުކޮށްފިއެވެ.

މިއިިީ "ތިމާވެށްޓާއި ރައްޓެހި ކަސްޓަމްސް" ޕްރޮގްރާމުގެ ދަށުން ހިންގި ހަރަކާތެއް ކަމަށާ މި ޕްރޮގްރާމަކީ "ހިދުމަތުގައި ކުރިއަށް" ޝިއާރުގެ ދަށުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކަސްޓަމްސް އިން ހާސިލްކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިހަރަކާތްތައް ފަށްޓަވާދެއްވުމުގެ ގޮތުން އެމްޕީއެލްގެ ޗެއާމަން އަހުމަދު ނުއުމާން ދެއްކެވި ވާހަކާގައި ސަރުކާރުން "ސާފު ރާއްޖެ އަހަރެންގެ ޒިންމާ" މި ސިޔާސަތުގެދަށުން ކުރިޔަށް ގެންދާ ހުރިހާ ހަރަކާތެއްގައި ކަސްޓަމްސްއާއި އެމްޕީއެލް މުވައްޒަފުންގެ އިތުރުން ވިޔަފާރިވެރިން ވެސް ބައިވެރިކުރުމަކީ މިފަދަ ހަރަކާތްތަކަށް އިތުރު ފުރިހަމަވާނެ ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

މިހަފްލާގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނު ދެއްކެވި ވާހަކަގައި އެންމެ ދުވަހަކު މިކަހަލަ ހަރަކާތެއް ބޭއްވުމުގެ ބަދަލުގައި ހަގީގީި ކާމިޔާބަކީ ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވިއެވެ. އަދި ތިމާވެށި ސާފުކޮށް ބޭއްވުމަށްޓަކައި ފަރުދީ ގޮތުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުން މުހިންމު ކަމުގައިވެސް ވިދާޅުވިއެވެ.

ކަސްޓަމްސްއާއި އެމްޕީއެލްގެ ގިނަ މުވައްޒަފުން ބައިވެރިވި މި ހަރަކާތުގައި އީޕީއޭއިން ވަނީ ސިންގަލް ޔޫޒް ޕްލާސްޓިކާއި މައިކްރޯޕްލާސްޓިކާއި ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ޕްލާސްޓިކު ފުޅިއާއި ދަޅާއި ޓީނު އަދި ޓަޔަރު ފަދަ ތަކެތި ބޮޑުތަކުރުފާނު މަގުންނާއި މާލޭ ކޮމާޝަލް ހާބަރު ސަރަހައްދުން ނަގާފައި ވެއެވެ.