މޯލްޑިވްސް ގެޓަވޭސް އާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން އިންތިޒާމްކޮށްގެން ބޭއްވި "ގޯލްޑް 100" އެވޯޑް ހަފްލާގައި ކޯޕަރޭޓިވް ގަވާނަސް އެވޯޑް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދިރާގަށް ލިބިއްޖެއެވެ.

"ގޯލްޑް 100" އެވޯޑްގެ ތެރޭގައި ކޯޕަރޭޓް ގަވަނަންސް އެވޯޑަކީ މި އަހަރު އަލަށް ތައާރަފް ކުރެވިފައިވާ އެވޯޑެކެވެ. ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ ގޯލްޑް 100 އެވޯޑް ހަފްލާގެ ތެރެއިން މި އެވޯޑް ވަނީ ދިރާގަށާ އެލައިޑަށް ހަވާލުކޮށްފައެވެ.

މި ހަފްލާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ 100 ކުންފުނި ހޮވުމަށް ބާއްވާ އެވޯޑް ހަފްލާއެކެވެ. މި އިވެންޓްގެ ގޯލްޑް ޕާޓްނަރުންނަކީ ދަ ހޯކްސް، އެމް 7، އުރީދޫ މޯލްޑިވްސް އަދި އަލް ޝާރީ މެރީން އެވެ. މި އިވެންޓުގެ ޕްލެޓިނަމް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސްއެވެ.