ސިނަމާލެ ބްރިޖު ހައިވޭގައި ރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާވެއްޖެއެވެ.
ރޭ ދަންވަރު 12:30 ހާއިރު ހުޅުމާލެއިން މާލެއަށް ދިޔަ ދެ ސައިކަލް ހައިވޭގައި ހިމެނޭ ހަތަރު ލޭން ހިމެނޭ ސަރަހައްދުން ޖެހި އެކްސިޑެންޓްވެ، ތިން ފިރިހެނަކާއި އަންހެނަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާވެފައިވަނީ އެއް ސައިކަލުގައި އިން 20 އަހަރުގެ ފިރިހެނަކަށާއި 21 އަހަރުގެ އަންހެނަކަށެވެ. އަދި އަނެއް ސައިކަލުގައި އިން 54 އަހަރުގެ ފިރިހެނަކަށާއި 50 އަހަރުގެ ފިރިހެނަކަށެވެ.
އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ނުލިބޭ ކަމަށާއި ނަމަވެސް ހަތަރު މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އެކްސިޑެންޓް ތަކުގައި ލިބޭ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ޓްރާންޕޯޓް މިނިސްޓްރީން ވަނީ އަންނަ މަހުން ފެށިގެން ހެލްމެޓް އެޅުމަން މަޖުބޫރުކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 5000 ހެލްމެޓް ބެހުމަން ނިންމާފައެވެ. ހެލްމެޓްތައް ބެހެމަން ހަމަޖެހިފައި ވަނީ އެއްގަމު އުޅަދު ދުއްވުމުގައި މަގުމަތީ އަހްލާގާ ބެހޭގޮތުން މަައުލޫމާތު ދިނުމަން ދެ ގަޑި އިރުގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށެވެ.
ފަހަކަށް އައިސް ބްރިޖު އަދި ހައިވޭގައި ހިނގާ އެކްސިޑެންޓް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަން ބްރިޖު އަދި ހައިވޭގައި 165 އެކްސިޑެންޓް ހިގައިފައިވެއެވެ.