އަންނަ އެޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަންޖެހޭ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އީސީ އިން މިހެން ބުނެފައިވަނީ އިންސާފުވެރި އިންތިހާބެއް ބާއްވަން އެކަށީގެންވާ މާހައުލެއް ނެތްކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އިންތިހާބު ފަސްކޮށްދިނުމަށް އެދި އެ ކޮމިޝަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އެދިފައި ވަނިކޮށެވެ. އިދިކޮޅު ކޯލިޝަންގައި ޕީޕީއެމް ކޯލިޝަނުން އެގޮތަށް ބުނީ ރައީސް ޔާމީން ހައްޔަރުކޮށްފައި ވާތީއެވެ.

އީސީގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ އިންތިހާބު ފަސްކުރަން ޕީޕީއެމް އިން އެދިފައި އޮތަސް އެބޭފުޅުންގެ ވިސްނުމަކީ މިހާރު ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް އިންތިހާބު ބޭއްވުމެވެ. އަދި އިންތިހާބު ފަސްކުރަންޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ނުކުރައްވައި ކަމަށެވެ.

މިފަހަރު އިންތިހާބުގައި 87 ދާއިރާ އަށް ސިޔާސީ ޕާޓީތަކާއި އަމިއްލަ ގޮތުން 395 ކެންޑިޑޭޓުން ވާދަކުރާ ކުރެއެވެ.