މިއަދު ރާއްޖެ އަންނަން ތާވަލުކޮށްފައި އޮތް ޕާކިސްތާނުގެ މަނަވަރަށް ރާއްޖެއިން ހުއްދަ ނުދިން ކަމަށް ދެކެވޭ ވާހަކަ ޕާކިސްތާން އެމްބަސީން ދޮގުކޮށްފިއެވެ.
'ދަޕްރެސް' އަށް ލިބުނު މައުލޫމާތުގެ އަލީގައި ކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ އެ މަނަވަރު އައުމަށް ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް ރާއްޖެއިން ނުދިން ކަމަށް ޝާއިއު ކުރުމުން ރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީއާ ހަވާލާދީ އޮންލައިން ނޫހެއްގައި ޖަހާފައިވަނީ އެއީ ދޮގު ހަބަރެއް ކަމަށެވެ.
'ދަޕްރެސް' އިން ބެލި ބެލުމުން އެނގުނީ ޕާކިސްތާނުގެ މަނަވަރު ރާއްޖެ އައުމުގެ މަޝްވަރާތަށް މިހާރު ކުރިއަށް ދާކަމަށެވެ. އަދި ކުރިން އެވާހަކަ ރިޕޯޓް ކުރީ ޕާކިސްތާނުގައި ހުންނަވާ ރާޢްޖޭގެ ޑިފެންސް އެޑްވައިޒާ ލެފްޓިނަންޓް ކާނަލް އިބްރާހިމް ހިލްމީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރީއަށް ހާޒިރު ކުރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެންނެވެ. މިހާތަނަށް ބެލި ބެލުމުން އެއީ ނުހިނގާ ކަމެއް ކަމަށް އެއްވެސް ފަރާތަކުން ބުނެފައި ނުވުމާ ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިކަން ވަނީ އެނގިފައެވެ.
'އަބަދުވެސް ޑިޕްލޮމެޓިކް ފެންވަރުގެ މަޝްވަރާތައް ކުރާނެ އެއް ގައުމު އަނެއް ގައުމާ' ދަޕްރެސްއަށް މައުލޫމާތު ދެއްވި އޮފިޝަލް ވިދާޅުވެފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާކިސްތާނު މަނަވަރު ރާއްޖެ އައުމަށް ތާރީހެއް ހޯދުމުގެ މަޝްވަރާތައް މިހާރު ހިނގަމުން އެބަދެއެވެ.
ބައެއް ހަބަރުތަކަކީ ސައްހަ މައުލޫމާތަށް ނުވެދާނެ. މި ހަބަރުގެ ސަބަބުން ސެންސިޓިވިޓީ އިތުރުވާކަމަށް ފެންނަނީ. އެކަމަކު ކަމެއް އުޅޭތީ ދޯ ޑހިލްމީ ހާޒިރު ކުރާނީ. މީ މަށަށް ހީވާ ގޮތް.
އިންޑިއާ އާ ޕާކިސްތާނު ތަޅާފޮޅުންގަނޑުގެ ތެރެއަށް ރާއްޖެ ވަންނާކަށް ނުޖެހޭ. ރާއްޖެއަށް ހުރިހާ ގައުމެއްވެސް މުހިންމުވާނެކަމަށް އަަހަންނަށް ފެންނަނީ. މިތަނަށް ކާންބޯންވެސް މިލިބެނޭ އެކި ގައުމުތަކުން ދިނީމަ ދޯ.
މަށަށް އެބަ ހީވޭ ފިޝީ ކަމެއް އުޅޭހެން. އަޑެއް ކިއިއްޔާ ރެނދެއް ލާނެ ކަމަށް މީހުން ބުނަނީ. ތިކަމުގައި ކޮންމެސް ހަގީގަތެއް އޮންނާނެ. މަށަށް އިނގެހާވެސް ކަމަކީ މި ސަރުކާރަކީ އިންޑިއާއާ ވަރަށް ގާތްކޮށް އުޅޭ ސަރުކާރެއްކަން. އެހެންވީމާ އެމީހުން ބުނާގޮތް ނަހަދާނޭކޭ ބުނާކަށް ނުކެރޭނެ. އަނެއްކާ ތި އިންޑިއާއަކީ އަބަދު ޕާކިސްތާނާ ލެޑިފަ ތިބޭ ބައެއް. މިހާރުވެސް އެއުޅެނީ ކަޝްމީރުގަ ތަޅައިގަނެގެން.
ސާބަހޭ ޕްރެސް. އެވާހަކަ ފަޅާލީމާ މީހުންތައް ތެޅިގަތީ ދޯ. އެއީ ހަމަ ތެދެއް. ހާޒިރު ކުރި ސުވާލުވެސް ކުރި. އިންޑިއާގެ ފިއްތުން ހަމަ.