މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސާ ގެ މަގާމަށް، ގއ. ކޮލަމާފުށި، ރޯޝަނީގޭ، އިސްމާއިލް ފައުޒީ އައްޔަންކޮށްފިއެވެ.

ފައުޒީ އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިފްކޯގެ މައި ކުންފުނި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.

ކުރިން މިފްކޯގެ އެކްޓިންގް ސީއީއޯގެ މަގާމުގައި ހުންނެވި ފައުޒީ ވަނީ މިފްކޯގެ އެކި މަގާމުތައް ފުރުއްވާފައެވެ. އޭނާ ވަނީ އެކުންފުނީގައި 22 އަހަރު މަސައްކަތް ކުރައްވާފެއެވެ.

ފައުޒީ ސީއީއޯގެ މަގާމަށް އައްޔަން ކުރިއިރު އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފާތިމަތު އާޝާން މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ވަނީ ބަދަލުކޯށްފައެވެ.