އަމިއްލައަށް ތައްޔާރުކޮށްފައިވާ ދަށް ކޮލިޓީގެ ވިހަ ރަލެއް ބޮއެގެން އިރުއުތުރު އިންޑިއާއިން 50 މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ އޮފިޝަލެއް ކަމަށްވާ ޖޫލޯ ސޯނޯވާލު ވިދާޅުވީ މަރުވި ގިނަ މީހުންނަކީ ސައިފަތް ދަނޑެއްގައި މަސައްކަތް ކުރަން އުޅުނު ބައެއް ކަމަށެވެ. މިހާދިސާގައި އިތުރު 50 މީހަކަށް ސިއްހީ ފަރުވާ ދެމުން އަންނައިރު، މިމީހުން ބޭނުންކުރި ރަލަކީ ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށް ހަމަލާދޭ ވިހައެއް އަޅާފައިވާ ރަލެއް ކަމަށްވެސް ސޯނޯވާލު ވަނީ ވިދާޅުވެފައެވެ.

ރާ އުފެއްދި ތަނުގެ އޯނަރާއި އިތުރު ބަޔަކު ހައްޔަރުކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިފަދަ ހާދިސާތަކުގައި އިންޑިއާއިން އަހަރެއްގެ މައްޗަށް ހާހަކަށް މީހުން މަރުވާއިރު، މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާގެ އުތުރުގެ ސްޓޭޓްތަކުންވެސް 100އަށްވުރެ ގިނަ މީހުން ވަނީ ވިހަ ރާ ބޮއެގެން މަރުވެފައެވެ.