އަންނަ އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދު ކުރުމަން 403 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މަޖިލީސް އިންތިހާބަށް ކުރިމަތިލި ކަންޑިޑޭޓުންގެ ތަފްސީލު ހޮނިހިރު ދުވަހު ބާއްވާ ޕްރެސް ކޮންފަރެންސްގައި އާންމުކުރައްވާނެ ކަަމަށް އަކްރަމް ވިދާޅުވިއެވެ.

މިހާތަނަށް އެނގިފައިވާ މައުލާމަތަށް ބަލާއިރު އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީ އިންނެވެ. ރައީސް މައުމޫނުގެ ތާއީދާއެކު 24 ކެންޑިޑޭޓުން ކުރިމަތިލާއިރު ޕީޕީއެމް އިން 46 މެމްބަރުން އަދި ޖުމްހުރީ ޕާޓީން 42 މެެމްބަރުން ވާދަކުރެއެވެ.

އަދާލަތު ޕާޓީއިން ހަ ދާއިރާއަކުން އަދި އެމްޓީޑީންނާއި ލޭބާ ޕާޓީންވެސް ކޮންމެ ޕާޓީއަކުން ހަ ދާއިރާއަށް ވާދަކުރުމަށް ވަނީ ނިިންމާފައެވެ.

މީގެ އިތުރުން ދެން އެންމެ ގިނަ ބަޔަކު ވާދަކުރަނީ އަމިއްލަ ގޮތުންނެވެ.