މިއަދު ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހާދިސާ ހިގާފައިވަނީ މިއަދު ހެނދުނު 7.10 ހާއިރެވެ. ނަމަވެސް އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

އަނިޔާ ވެފައިވަނީ 33 އަހަރުގެ ފިރިހެނަކަށެވެ. މި މާރާމާރީގައި ހަމަލާ ދީފައިވަނީ އޭނާގެ އަތަށާއި ބޮލަށް އަދި މެޔަށެވެ.

މިހާރު އޭނާއަށް ދަނީ ހުޅުމާލޭ ހޮސްޕިޓަލުން ފަރުުވާ ދެމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި މާރާމާރިތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަ ވަމުންނެވެ.