އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދުނީއްސުރެ އެކޮމިޝަނަށް ހުށަހެޅުނު، ދައުލަތަށް ލިބެން ޖެހޭ ފައިސާއާ ގުޅޭ މައްސަލަ ތަކުގެ އަދަދު 3.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ. އަދި މީގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 1 މިލިއަން ރުފިޔާކަމަށް އެކޮމިޝަންގެ ނައިބު ރައީސް އުސްތާޒު މުއައްވިޒު ރަޝީދު ވިދާޅުވެއެވެ.
މުއައްވިޒު ވިދާޅުވި ގޮތުގައި އެކޮމިޝަނުން ތަހުގީގު ކުރަމުން ދާ 540 އަސް ވުރެ ގިނަ މައްސަލަ އެބަ އޮތެވެ. އަދި މި މައްސަލަތަކުގެ ތެރޭގައި ފައިސާގެ މުއާމަލާތްތަކާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ޓީވީ ޗެނަލެއްގައި ވާހަކަ ދައްކަވަމުން މުއައްވިޒު ވިދާޅުވީ ދައުލަތަށް ލިބެން ޖެހޭ ކަމަށް ހުށަހެޅިފައިވާ 3.5 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު އަދަދެއް ހިއްސާ ކުރަނީ ވޭތުވެ ދިޔަ ދެއަހަރެއްގެ ތެރޭގައި ހިންގާފައި ހުރި ޚިޔާނާތާ އެނޫންވެސް ފައިސާއާއި ގުޅުން ހުރި ބޮޑެތި މުއާމަލާތްތަކެވެ.
"ވޭތުވެ ދިޔަ ދެއަހަރެއްގެ ތެރޭގައި އެބަ އޮތް 1.9 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ހުށަހެށިފައި" އޭނާ ވިދާޅުވިއެވެ.
މުއައްވިޒު އެ އިޝާރާތް ކުރައްވާ ފައިސާގެ އެންމެ ބޮޑު މުއާމަލާތަކީ ރައީސް ޔާމީނުގެ ވެރިކަމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އިން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ހިންގާފައި އޮތް 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތަށެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގާފައި އޮތް އެ ހިޔަނާތުގެ އަގު ކަރުދާހުގައި ފެންނަން އޮތީ 1.3 ބިލިއަން ރުފިޔާ ކަމަށް ވިޔަސް އެ އަދަދު އެއަށްވުރެ މަތި ވާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.
އޭސީސީގެ ނައިބު ރައީސް ފާހަގަ ކުރެއްވި ގޮތުގައި އެކޮމިޝަނުން މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދަނީ ހުށަހަޅަމުންނެވެ. އެހެން ނަމަވެސް، އޭސީސީން ހާމަ ކުރާ މި އަދަދުތަކުގެ ފައިސާ ހޯދުމަށް ކަމާ ގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރާތަނެއް ނުފެނެވެއެ.
ސުއްބޫހޫން. 540 މައްސަލަ. މަދުވާނެ ތިވަރު. ހުސް ފައިސާ. ދައުލަތުން ކާލަނީ ދޯ ހަމަ
ތި އޭސީސީ ތީ ކީއްކުރާ ތަނެއްތަ އަޅެ. ނެތެއްނު މައްސަލައެއް ނިންމިފައެއް. އެންމެ 540 ހޯ