މިއަދަކީ ބައިނަލްއަގްވާމީ މާދަރީ ބަހުގެދުވަހެވެ.

1999 ވަނަ އަހަރު ޔުނެސްކޯ އިން ވަނީ ފެބްރުވަރީ 21 ވަނަދުވަސް މާދަރީބަހުގެ ދުވަސް ކަމުގައި ނިންމާފައެވެ. އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ސްކޫލް ތަކާއި އޮފީސް ތަކުގައި މާދަރީ ބަހުގެ ދުވަސް ދަނީ ފާހަގަ ކުރަމުންނެވެ. އެގޮތުން ބައެއް އޮފީސްތަކުގެ މުވައްޒަފުންގެ މިއަދުގެ ކުލަ ކަމުގައި ރަތްކުލަ ވަނީ ހަމަޖައްސާފައެވެ. އަދި ބައެއް ސްކޫލް ތަކުގެ ކުދިން މިއަދު ފެންނަނީ ގައުމީ ހެދުމުގައެވެ.

މާދަރީބަހަކީ ކޮންމެ ބައެއް ވެސް އާންމު ކޮށް ވާހަކަ ދައްކާއުޅޭ ބަހެވެ. މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އެބަޔެއްގެ އަމިއްލަ ބަސް ރައްކާތެރިކުރުމެވެ. އެގޮތުން މާދަރީބަހަށް ހާއްސަ ލޯތްބަކާއި ގަދަރެއް އެބައެއްގެ ހިތުގައި އޮންނަ ބަޔެއް ކަމުގައި ބަންގްދަލޭޝް މީހުން ވަނީ ވެފައެވެ. މީގެ ގާތްގަނޑަކަށް 67 އަހަރުވަރު ކުރިން އެމީހުންވަނީ އެމީހުންގެ ބަސް ރައްކާތެރި ކުރުމަށް ބޮޑު ގުރުބާނީއެއް ވެފައެވެ. ބަންގްދަލޭޝް ނުވަތަ ބަންގާޅަށް ވަކި ގައުމެއްގެ ގޮތުގައި މިނިވަންކަން ލިބުނީ މި ހަނގުރާމަ އަށްފަހުގައެވެ.

މާދަރީ ބަހުގެ ދުވަސް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރަނީ ބަންގާޅު މީހުން އެމީހުންގެ ބަހަށްޓަކާވި ގުރުބާނީގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ބަންގާޅު މީހުން ފަދައިން ބަހަށް ގަދަރުކުރާ، ބަސް ކުރިއެރުވުމަށް މަސައްކަތް ކުރާ ބައެއް ކަމުގައި އަޅުގަނޑުމެންވެސް ވަމާތޯއެވެ.