ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށާއި، ކޫއްޑޫއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ "މަސްދޯނި އެކައުންޓް" އިފްތިތާހްކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި މި ދަތުރު ފުޅުގައި ގއ. އަތޮޅު ކައުންސިލާއި ވިލިނގިލީ މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ އޮފީހުން ބުނެއެވެ.

މި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.