މާލެއިން އައްޑުއަށް ދަތުރު ކުރަމުން ދިޔަ ރަންދި ބޯޓުގެ އިންޖީނު ހުއްޓުމުން އެ ބޯޓުގެ ވެރިފަރާތުން ބޯޓު ކަފުޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

"ރަންދި" ނަމަކަށް ކިޔާ ބޯޓުގެ ކަފުޖަހާނެ އުޅަނދެއް ހަމަޖައްސަމުންދާ ކަމަށް ބޯޓުގެ ވެރިފަރާތުން ބުނެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ބޯޓު މާލެއިން ފުރައިގެން އައްޑުއަށް ދަތުރު ކުރަމުން ދަނިކޮށް ހުއްޓިފައި ވަނީ ހުވަދޫ ކަނޑަށެވެ. އެމް.އެން.ޑީ.އެފް ސަދަން އޭރިޔާ ކޯސްގާޑް ސްކޮޑްރަން އިން ވަނީ އެ ހަބަރު ލިބުމާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާގެ ރިޕޯޓް އެމް.އެން.ޑީ.އެފަށް ލިބިފައި ވަނީ ރޭ ފަތިހު 5:33 ހާއިިރު ކަމަށް އެފަރާތުން ބުނެއެވެ.

ރަންދި ބޯޓަކީ ދިގުމިނުގައި 80 ފޫޓުގެ ބޮޑު ބޯޓެކެވެ. އަދި މި ބޯޓު ދަތުރު ކުރަމުން ދިޔައީ އަށް މީހުންނާ އެކުގައެވެ.