އިއްޔެ ހެނދުނު 07:00 ހާއިރު ގއ. ވިނލިނގިލީ އޮޑި ހަރުގެއަކުން މަރުވެފައި އޮށްވާ ފެނުން 39 އަހަރުގެ ހުސައިން ސިމާދު މަރުވެފަައި ވަނީ ކަރަންޓު ދަންތުރައެއްގައި ޖެހިގެންކަމަށް ރަށު މީހުން ބުނަން ފަށައިފިއެވެ.

"ދަޕްރެސް" އަށް އެނގިފައިވާ ގޮތުގައި ސިމާދަކީ ވިލިނގިލީގައި ގުރޫޕަކަށް ނިސްބަތްވާ އަދި ވައްކަމުގެ ރިކޯޑު އޮންނަ މީހެކެވެ. އެ އޮޑި ހަރުގެއަކީ ސަފާރީއެއް ބަންނަ ތަނެއް ކަމުން މަސައްކަތްކުރަން ބޭނުންކުރާ އަގުހުރި މުދާ އެތަނުގައި ހުންނަ ކަމަށް ވިލިނގިލިން ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ. އަދި ކަރަންޓު ދަންތުރާއަކީ ހަރުގެއަށް ވަދެ ވައްކަންކޮށް ހަދާތީ އެކަން ހުއްޓެވުމަން ދަމާފައި ހުރި އެއްޗެއްކަމެވެެ. ސިމާދު މަރުވެފައިވަނީ އެތަަނަން ވަަންނަށް އުޅެނިކޮށް ކަރަންޓްގައި ޖެހިގެން ކަމަށް އެ ރަށު މީހުން ވަނީ ބުނެފައެވެ.

ނަމަވެސް ފުލުހުން އެކަށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ ސިމާދުގެ ހަށިގަނޑުގައި ތޫނު އެއްޗަކުން ހަމަލާދީފައިވާ ނިޝާނެއް ފެންނަންނެތް ނަމަވެސް ފިހިފައި ހުރި ނިޝާންތައް ހަށިގަނށުގެ އެކި ތަންތަނުގައި ފެންނަން ހުރިކަމަށާއި އަދިވެސް ތަހުގީގު ކުރިއަށް ދާކަމެވެ.

ސ. ހިތަދޫ އަށް ނިސްބަތްވާ ސިމާދަކީ ގއ. ވިލިނގިލީ އަންހެނަކާ ކައިވެނިކޮށްގައި ވިލިނގިލީގައި ދިރިއުޅެމުން ދިޔަ މީހެކެވެ.

ސިމާދަކީ މިދިޔަ ނޮވެމްބަރ މަހު ގއ. ވިލިނގިލީ ބީ. އެމް. އެލް ބްރަާންޗްގައި ހިނގި ވައްކަމުގެ މައްސަލައިގައި ބައިވެރި 13 މީހުންގެ ތެެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލާގައި ހައްޔަރުކުރި އެންމެން ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ.

ސިމާދުގެ ހަށިގަނޑު ވަނީ ރޭ އާއިލާގެ އެދުމުގެ މަތިން ހިތަދޫ އަށް ފޮނުވާލާފައެވެ. އަދި މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ވަޅުލާފައެވެ.