މާލޭގައި ގަވާއިދާއި ހިލާފައް ޕާކް ކޮށްފައިވާ 180 ސައިކަލާއި 58 ކާރު ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިއީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދު ކަމަށާއި މި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށާފައި ވަނީ ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ނައްތާލަފައިވާ އުޅަނދުތަަކާއި ނައްތާލުމަށްޓަކައި އެފަދަ އުޅަނދުތައް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން މަގުމަތީގައި ގިނަ ދުވަސް ވެފައިހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.