މިއަދު އަލިފާން ރޯވި ޏ. ފުވައްމުލައް ރަވާނާ ބޯޓު އަޑިއަށް ގޮސްފިއެވެ.

އެ ބޯޓު އަޑިއަށް ގޮސްފައި ވަނީ އަލިފާން ނިއްވުުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އެ ބޯޓަކީ މާލެއިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރަމުން ދިޔަ ބޯޓެކެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ ހަތް ދިވެހިންނާއި ނުވަ ބިދޭސީންނެވެ. އަދި އަލިފާން ރޯވުމާއެކު ބޯޓުގައި ތިބި އެންމެން ވަނީ ލައިފް ޖެކެޓާއެކު މޫދަށް ފުއްމާލާފައެވެ.

ރަވާނާ ބޯޓުން މޫދަށް ފުންމާލި މީހުން ވަނީ "ދަންޑެހެލު" ނަމަކަށް ކިޔާ ހުޅުދެލި ދޯންޏަކުން ސަލާމަތްކޮށްފައެެވެ. އޭގެތެރެއިން އެކަކުގެ ހާލު ސީރިއަސް ވެގެން ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.