ގއ. ވިލިނގިލީގައި އުމުރުން 39 އަހަރުގެ މީހަކު މަރުވެފައި އޮށްވާ ފެނިއްޖެއެވެ. އޭނާ މަރުވެފައި އޮތީ ވިލިނގިލީ އުތުރު ކޮޅުގައި ހުންނަ ހަރުގެއެއްގެ ތެރޭގައެވެ.

މަރުވެފައި އޮށްވާ ފެނިފައިވަނީ ހެނދުނު 00؛07 އެހާކަަންހާއުރު ފުލުހުންނަށެވެ. މަރުވެފައި އޮތީ ފިރިހެނެއް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

"ދަޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާގެ ހަށިގަނޑުގެ ބޭރު ފުށުން ވަރަށް ގިނަ ޒަހަމްތަކެއް ފެންނަ ހުރިކަމަށާއި އެގޮތުން ކަރުގެ ދެ ތަނެއް ފިހިފައިވާކަމާއި ފައިގައި އެއްޗެއް އޮޅާލާފައިވާކަމުގެ ނިޝާންތައް ހުރިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާ މަރުވެފައިވާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި މި މައްސަލަ އިތުރަން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފައިވެއެވެ.