އިންޑިއާގެ އީއީޒެޑް ކައިރިން މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏެއް އެގައުމުގެ ކޯސްޓްގާޑުން ހިފެހެއްޓުމާއި ގުޅިގެން އެކަން ފޮރިން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ މަސްދޯނި ހިފަހައްޓާފައި ވަނީ އިންޑިއާގެ ލަކްޝަދީޕް ކައިރި ސުހެލި އަތޮޅު ކައިރިން ކަމަށެވެ. އަދި އެމީހުން މިހާރު ތިބީ އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި ކަރަވައްތީގައި ކަމަށެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެކަން ބަލަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ކޯސްޓްގާޑުން ވެސް ރާއްޖޭގެ އީއީޒެޑުން ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ މަސްބޯޓުތައް ފެނުމުން ހުއްޓުވާ، ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުންދާ ކަމަށާއި، އިންޑިއާއިން ދިވެހި މަސްދޯނި ހިފަހައްޓާފައި ވަނީ އެ ގައުމުގެ ސަރަހައްދުން ކަމަށެވެ. އަދި މަސްދޯނި އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައީ އެގައުމުގެ ކަނޑުގެ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.