ނ. މަނަދޫ ކުނިކޮށީގައި ރޯވެ ބޮޑުބައެއް އަނދައިފިއެވެ.

ފުލުހުން ބުނީ އެތަނުގައި އަލިފާން ރޯވެގެން ރިޕޯޓުކޮށްފައިވަނީ މިރޭ 9 ގެ ފަހުން ކަމަށާއި، އަލިފާން ކޮންޓްރޯލް ކޮށް ނިއްވާލާފައިވާ ކަމަށެވެ. ފުލުހުން ބުނީ އަލިފާން ނިއްވާލާފައިވަނީ ސޮނޭވާ ޖާނީ ރިސޯޓުގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

މަނަދޫ ކުނިގޮނޑު ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދާ ވަރަށް ދުރުގައި ކަމަށާ މި ހާދިސާގައި އާންމު މީހަކަށް ގެއްލުން ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް ކުނިގޮނޑާއި ޖެހިގެން ކައިރީގައި ނަރުދަމާ ނިޒާމް ބަލަހައްޓާ އިމާރާތް ހުރުމުން އެތަނަށް އަލިފާނުގެ އަސަރު ނުކުރާނެގޮތަކަށް މަސައްކަތް ކޮށްފައި ވާކަމަށެވެ.

ފުލުން ބުނީ އަލިފާން ނިއްވާލެވުނީ 11:21 ކަންހާއިރު ކަމަށެވެ.