ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ވަކި ވަގުތުތަކެއްގައި މާލޭގެ ހަތަރު މަގެއް ބަންދު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ދުޅަހެއު ހަށިހެޔޮ ސިޔާސަތުގެ ތެރެއިން ހުކުރު ދުވަހު މާލޭގެ ހަތަރު މަގެއް ބަންދު ކުރާނީ ހެނދުނު 08:30 އިން ފެށިގެން 10:30 އަށް ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން މިގޮތަށް އަމަލުކުރަމުންދާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން އިޖްތިމާއި ގުޅުންތައް ވަރުގަދަވެ އެކަކު އަނެކަކުގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކަށް މިކަމުގެ ސަބަބުން ފަސޭހަ ތަކެއް ވެގެންދާނެ ކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ޓްރެފިކް ފުލުހުންނާއި މަޝްވަރާތަކެއް ކޮށްގެން ކަމަށެވެ.

އަންނަ ހުކުރު ދުވަހުން ފެށިގެން ބަންދު ކުރާ މަގުތަކަކީ

  • ހެންވޭރު ލަންސިމޫގޯޅި / މަޖީދީމަގުން ފެށިގެން ވައިޖެހޭމަގާ ހަމައަށް
  • ގަލޮޅު ދޮންއަދަރާދަހިނގުން / ބޮޑުރަސްގެފާނުމަގުން ފެށިގެން ލޮނުޒިރާރަތްމަގާ ދޭތެރެ،
  • މައްޗަންގޮޅި ދަނބުރުއްމަދު / ދަބުރުއްގޯޅިން ފެށިގެން މަދޮށިގޯލީއާ ހަމައަށް އަދި
  • މާފަންނު ސަބުދެލިމަގު / ހަނދުވަރީހިނގުމުން ފެށިގެން ޢިއްޒުއްދީންމަގާ ހަމައަށް

ޝިފާ ވިދާޅުވީ މިވަގުތަށް ކޮންމެ އަވަށަކުން އެއް މަގު ބަންދު ކުރަން ނިންމާފައި ވީނަމަވެސް، ރައްޔިތުންގެ އެއްބާރުލުން ލިބޭވަރަކުން ވަގުތުތަކަށާއި، ދުވަސްތަކަށް ވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.