އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބުގެ ދައުރުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް މެންބަރަކު ހޮވުމަށް، ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ބުނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ސަރުކާރުން ހުޅުވާލާފައވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

އީސީގެ މެންބަރު ކަމަށް އައްޔަން ކުރަން ޖެހޭނީ ކޮމިޝަންގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ކޮމިޝަންގެ މެންބަރަކަށް ކުރިމަތި ނުލެވޭނެއެވެ.