މުނިފޫހިފިލުވުން 1 week ago

މިފަހަރުވެސް އެވޯޑް އުފުލާލީ ރާމީ!

Mifaharuves award ufulaalee Rami
ލިޔުނީ އައިޝާ ރީމާ
Facebook Twitter Telegram WhatsApp Viber

ބްރިޓިޝް އެކަޑަމީ ފިލްމް އެވޯޑްސްއިން ހޮވާ އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ޝަރަފު، ޒުވާން ބަތޮލާ ރާމީ މަލެކް އުފުލާލައިފިއެވެ.

ބެސްޓް އެކްޓާ ކެޓަގަރީއިން ރާމީ ބަފްޓާ އެވޯޑް އުފުލާލާފައި މިވަނީ، މަޝްހޫރު ލަވަކިއުންތެރިޔާ ފްރެޑީ މާކިއުރީގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމް "ބޮހީމިއަން ރެޕްސަޑީ"ގައި އޭނާ އަދާކޮށްދީފައިވާ ރޯލުންނެވެ. މި ފިލްމުގައި އޭނާ އަދާކޮށްފައިވަނީ ފްރެޑީގެ ރޯލެވެ.

އެވޯޑާއި ހަވާލުވުމަށްފަހު ރާމީ ވަނީ އެއިޑްސް ބަލީގައި މި ދުނިޔެއާއި ވަކިވެފައިވާ ފްރެޑީއަށް ޝުކުރު އަދާކޮށްފައެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް އެލްބާޓް ހޯލްގައި ކުރިއަށްދިޔަ 72 ވަނަ ބަފްޓާ އެވޯޑްސް ހަފުލާގައި އެމީހެއްގެ ނަން އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވާ މީހަކީ "ބޮހީމިއަން ރެޕްސަޑީ"ގެ ޑައިރެކްޓާ ބްރާޔަން ސިންގަރއެވެ. ކުޑަ ފިރިހެން ކުދިންތަކަކާއި ބެހުނު ކަމުގެ މައްސަލައެއް ސިންގަރއާއި ދެކޮޅަށް ފެންމަތިކޮށްފައިވާއިރު، ބަފްޓާއިންވަނީ ނޮމިނޭޝަން ލިސްޓުންވެސް އޭނާގެ ނަން އުނިކޮށްފައެވެ. ކުރިން އޭނާ ވަނީ ބެސްޓް ޑައިރެކްޓާގެ ކެޓަގަރީއިން ބަފްޓާ އެވޯޑަށް ނޮމިނޭޓްވެފައެވެ.

ސިންގަރ ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

Sponsored Ad
ޚިޔާލު ފާޅުކުރައްވާ
ފޮނުވި ހިޔާލަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ރިވިއު ކުރުމަށް ފަހު ޝާއިއު ކުރާނެ!