2018 ވަނަ އަހަރުގެ "ސޯންގް އޮފް ދަ އިޔާ" ގެ ގްރޭމީ އެވޯޑް، "ދިޒް އިޒް އެމެރިކާ" ކަށަވަރުކޮށްފިއެވެ.

އެމެރިކާގެ ލޮސް އެންޖަލީސްގެ ސްޓޭޕަލް ސެންޓަރުގައި ހޯމަ ދުވަހު ހެނދުނު ކުރިއަށްދިޔަ 61 ވަނަ ގްރެމީ އެވޯޑް ހަފުލާގައި، "ސޯންގް އޮފް ދަ އިޔާ"ގެ ގްރޭމީ އެވޯޑް، ޗައިލްޑިޝް ގެމްބީނޯގެ "ދިޒް އިޒް އެމެރިކާ" ގެންދިޔައީ ކެންޑްރިކް ލަމާގެ "އޯލް ދަ ސްޓާޒް"އާއި، ލޭޑީ ގާގާއާއި ބްރޭޑްލީ ކޫޕާގެ "ޝެލޯ" ފަދަ މަގުބޫލު ލަވަތަކަކާއި ވާދަކުރުމަށް ފަހުގައެވެ.

ބެސްޓް މިއުޒިކް ވީޑިއޯގެ ގްރެމީ ގެންދިޔައީވެސް ޗައިލްޑިޝް ގެމްބީނޯގެ "ދިޒް އިޒް އެމެރިކާ"އެވެ.

ލޭޑީ ގާގާއާއި ބްރޭޑްލީ ކޫޕާގެ "ޝެލޯ"އަށް ލިބިފައިވަނީ ބެސްޓް ޑުއޯ ޕާފޯމަންސް ގްރެމީއެވެ.

ބެސްޓް ޕޮޕް ވޯކަލް އަލްބަމްގެ ގްރެމީ ގެންދިޔައި "ސްވީޓްނާ"އިން އާރިއާނާ ގްރާންޑޭއެވެ. އާރިއާނާ މި އެވޯޑް ގެންދިޔައީ ކެމީލާ ކަބޭލޯއާއި، ކެލީ ކްލާކްސަން އަދި ޕިންކާއި ޓޭލާ ސުވިފްޓް ފަދަ ފަންނާނުންގެ އަލްބަމުތަކާއި ވާދަކޮށްގެންނެވެ.

ޕްރޮޑިއުސާ އޮފް ދަ އިޔާގެ އެވޯޑް ގެންދިޔައީ ފެރަލް ވިލިއަމްސްއެވެ.

މިއުޒީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ގްރެމީ އެވޯޑްސްގެ މިއަހަރުގެ އެވޯޑް ހަފުލާ ހޮސްޓުކޮށްފައިވަނީ ކުޅަދާނަ ލަވަކިއުންތެރިޔާ އެލީޝާ ކީޒްއެވެ.