ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފު އެވޯޑް ނުވަތަ އޮސްކާ އެވޯޑްސްގެ މިއަހަރުގެ ހަފުލާ ކުރިއަށްދާނީ ހޮސްޓަކާއި ނުލާ ކަމަށް ހަބަރު ލިބިއްޖެއެވެ.

މިއީ ފާއިތުވީ 30 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ހޮސްޓަކާއި ނުލާ މި ހަފުލާ ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

އެކަޑަމީ އެވޯޑްސްގެ ގޮތުގައިވެސް މަޝްހޫރުވެފައިވާ އޮސްކާ އެވޯޑްސް ހަފުލާ އޮންއެއާ ކުރާ އޭބީސީ އެންޓަޓެއިންމަންޓްގެ އިސް އޮފިޝަލަކު ބުނީ މިފަހަރުގެ އެވޯޑް ހަފުލާ ދުރަށް ފޮނުވުމުގައި ހޮސްތެއް ނެތްތައް ފޫބައްދާނީ އެވޯޑް ހަވާލުކުރަން އަރާ ސެލެބްރިޓީންގެ ވާހަކަތަކަށް ކަމަށެވެ.

އޮސްކާ އެވޯޑްސްގެ މިއަހަރުގެ އެވޯޑް ހަފުލާ ހޮސްޓްކޮށްދޭނެ ފަންނާނަކު ހޯދުމަށް އޭބީސީ އެންޓަޓެއިންމަންޓަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މިއީ އެވޯޑް ހަފުލާތަކުގެ ތެރެއިން ހޮސްޓަކު ހަމަޖައްސަން އެންމެ އުނދަގޫ ޝޯގެ ތާރީހުވެސް އޮންނަ ޝޯއެކެވެ.

ހޮސްޓަކާއި ނުލާ އޮސްކާ އެވޯޑްސް ހަފުލާއެއް އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 1989 ވަނަ އަހަރުއެވެ.