ރައީސް ޔާމީނު ސަރުކާރުގައި މުލީއާގޭ ޗީފް އޮފް ސްޓާފުގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ މުހައްމަދު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މިއަދު ހަވީރު 4.00 ހާއިރު ކަމަށެވެ.

ފުލުހުން މުސްތަފާ ހައްޔަަރު ކުރި ސަބަބު ހާމަ ނުކުރި ނަމަވެސް ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި "މާސިޑީޒް ބެންޒް، އެސް 600" މޮޑެލްގެ އާމާޑް ކާރު ޓްރާސްޕޯޓް މިނިސްޓްރީގައި ރަޖިސްޓްރީ ކުރީ ލ. އަތޮޅުގައި ދުއްވާ ގޮތަށް މުސްތަފާގެ އަމިއްލަ ނަމުގައި ކަމަށް ބުނާ މައްސަލައެއް ގެންދިޔައީ ތަހުގީގު ކުރަމުންނެވެ.