ފ. ފީއަލީގައި ފެތުރެމުންދާ ރޯގާފައި ޑެންގޫ ޖެހިގެން މާލެ ގެނައި ކުދިންގެ ތެރެއިން ކުއްޖެއްގެ ހާލު ސީރިއަސްވެ ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިފި އެވެ.

ޑެންގޫ ޖެހިގެން ފީއަލިން ވަނީ ހަ ކުއްޖަކު އެމްއެންޑީއެފްގެ އެހީއާއެކު މާލެ ގެނެސްފައެވެ. އަދި އޭގެ ތެރެއިން ދެ ކުއްޖަކު މިހާރު ދޫކޮށްލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އެއް ކުއްޖަކު ބޭރަށް ފޮނުވަން ނިންމައިފައި އިތުރު ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން ދާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަނެއް ދެކުދިން ތިބީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައެވެ.

ޑެންގޫ ޖެހިގެން ރާއްޖެއިން އެންމެ ފަހުން މީހަކު މަރުވެފައި ވަނީ ޖުލައި 12، 2016 ގައެވެ. އެއީ ލ. އިސްދޫ ޗަމްޕާގޭ، މުހައްމަދު ޒައިން ހަމީދު 12، އެވެ.