ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ، 16 ހާދިސާއަކަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރްއެސް) އިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި 7 ޖޫން އިން 13 ޖޫން 2026 އަށް ކުއްލި ނުރައްކަލުގެ 16 ހާދިސާ ހިނގާފައިވާއިރު އޭގެތެރެއިން އެންމެ ގިނައީ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އަލިފާނުގެ 5 ހާދިސާއެއް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މެޑިކަލް އިވެކުއޭޝަންގެ 5 ހާދިސާ ރިޕޯޓުކޮށްފައިވާއިރު، ނުރައްކާތެރި ކެމިކަލް (ހެޒްމެޓް)ގެ 2 ހާދިސާ، ގުދުރަތީ ކާރިސާތަކުގެ 2 ހާދިސާ އަދި މީހުން ސަލާމަތްކުރުމުގެ 1 ހާދިސާ ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފްގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.

މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނަ ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދުންކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އޭރިއާ ކޮމާންޑްތަކުން ހާދިސާތަކަށް އެޓެންޑްވި ގޮތުގެ ތަފްސީލަކީ:

  • އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް: 13 ހާދިސާ
  • އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް: 2 ހާދިސާ
  • އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑ: 1 ހާދިސާ

ކުއްލި ނުރައްކާތަކުގެ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ދަނީ ހުއްޓުމެއްނެތި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.