ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ޑައިވަރުން ހޯދުމުގެ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ކަނޑުގެ އަޑިއަށް ޑައިވްކުރި ސިފައިންގެ މީހާ ނިޔާވެއްޖެއެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހިންގަމުންދާ ނުރައްކާތެރި ހައި-ރިސްކް އޮޕަރޭޝަނުގައި މިއަދު ކަނޑުގެ އަޑިއަށް ޑައިވްކޮށް އުޅުމުގެ ތެރޭގައި ހާލު ދެރަވެގެން ކުއްލި ފަރުވާއަށް މާލޭގެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވެއްޖެ.
ވ.އަތޮޅު ކައިރިއަށް ފީނަން ގޮސް އުޅުނު ހަތަރު ޑައިވަރުން ގެއްލުމާ ގުޅިގެން، ކޯސްޓްގާޑުން ދަނީ އެ ސަރަހައްދުގައި ހުއްޓުމެއްނެތި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ހިންގަމުންނެވެ.
