މިިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ޖެހިއްޖެއެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި، ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގެ މި އަހަރު އާންމުކުރި އިންޑެކްސްގައި ރާއްޖެ އޮތީ 108 ވަނައިގައެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4 ދަރަޖަ ދަށްވުމެކެވެ.

މީގެ އިތުރުން، ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23 އަށް ދަށަށް ގޮސްފައެވެ. އެގޮތުން

  • ސިޔާސީ މާހައުލުގެ މިންގަނޑު - 123 އިން 129އަށް؛ 6 ދަރަޖަ ފަހަތަށް
  • އިގްތިސޯދީ މާހައުލުގެ މިންގަނޑު - 118 އިން 157އަށް؛ 39 ދަރަޖައިގެ ފަހަތަށް
  • ގާނޫނީ އޮނިގަނޑުގެ މިންގަނޑު - 103 އިން 126އަށް؛ 23 ދަރަޖަ ފަހަތަށް
  • ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު - 56 އިން 77އަށް؛ 21 ދަރަޖަ ފަހަތަށް

މި އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، އިޖުތިމާއީ މާހައުލުގެ މިންގަނޑު 133 އިން 118 އަށް މަތިވެފައިވާއިރު މިއީ 15 ދަރަޖައިގެ ކުރިއެރުމެކެވެ.

މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ އިސްލާހު ނުކުރުމާއި މީޑިއާތައް ކޮންޓްރޯލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުން ހިމެނެއެވެ.