މޯލްޑިވްސް ޑިޖިޓަލް ސަމިޓުގެ ނަމުގައި ސަމިޓެއް ބާއްވަން މޯލްޑިވްސް ޑިޖިޓަލް ސާވިސް އިން ނިންމައިފިއެވެ.
މިއީ މޯލްޑިވްސް ޑިޖިޓަލް ސާވިސް (އެމްޑީއެސް) އާއި ވޯލްޑްބޭންކް ގުޅިގެން ބާއްވާ ސަމިޓެކެވެ. މިއީ ދިވެހިރާއްޖޭގެ ޑިޖިޓަލް ފަސްޓް ނޭޝަން ޓްރާންސްފޮމޭޝަން އެޖެންޑާ ކުރިއަށް ގެންދިއުމުގެ މަގްސަދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓެކެވެ.
މި ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 29އަށް ބާސެލޯ ނަސަންދުރާ ހޮޓެލްގައެވެ. މި ސަމިޓް ބޭއްވުމަށް މޯލްޑިވްސް ޑިޖިޓަލް ސާވިސް އާއި ޑީމެޑް ޕްރޮޖެޓް ޓީމުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު، މި ސަމިޓަކީ މޯލްޑިވްސް 2.0 ގެ ރޯޑުމެޕްގައި ހިމެނޭ ހަރަކާތްތަކާއި މޯލްޑިވްސް 2.0ގެ ވިޝަން ހާސިލުކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާނެ ސަމިޓެކެވެ.
މީގެ އިތުރުން މިސަމިޓަކީ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އިނީޝިއޭޓިވްތައް އިތުރަށް ހަރުދަނާ ކުރުމަށް ދުނިޔޭގެ ލީޑަރުންނާއި، ބައިނަލްއަގްވާމީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ބައިނަލްއަގްވާމީ ޑިޖިޓަލް ޓްރާންސްފޯމޭޝަން އެކްސްޕާޓުން އެއްތަނަކުން ފެނިގެންދާނެ ސަމިޓެއް ކަމަށް ވެއެވެ.
މި ސަމިޓުގެ މައިގަޑު މަގްސަދުގެ ތެރޭގައި:
- އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ހަރުދަނާ ކުރުން
- ޕަބްލިކް ސާވިސަސް ޒަމާނީ ކުރުން
- ޑޭޓާ ޑްރައިވިން ގަވަރނަންސް ގާއިމުކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތަކާއި އަމަލީ ގުޅުންތައް ބަދަހިކުރުން
މި ސަމިޓުގައި ބައިވެރިވާ ފަރާތްތަކުން ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ އާއި، ޑިޖިޓަލް ދައުލަތެއް ބިނާކުރުމާއި ގުޅޭގޮތުން އަލިއަޅުވާލުމާއި ދުނިޔޭގެ އެންމެ ރަނގަޅު ގޮތްތަކާއި، ހަގީގީ ދުނިޔޭގެ ތަޖުރިބާތައް ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ސަމިޓުގައި ބައިވެރިވަޑައިގަންނާވާ ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކީ ނޯޓު ސްޕީކާސް ތެރެގައި ހިމެނެނީ މޮލްޑޯވާގެ ޑިޖިޓަލައިޒޭޝަންގެ ފޯމާ ޕްރައިމް މިނިސްޓަރު އިއުރީ ޓުރްކާނޯ، ސައުތު ކޮރެއާގެ ނޭޝަނަލް އިންފޮމޭޝަން ސޮސައިޓީ އޭޖެންސީގެ ވައިސް ޕްރެޒިޑެންޓް މިސްޓާ ޔޫން ސިއޮކް ކޯ، ޔޫކޭގެ ގަވާމެންޓް ޑިޖިޓަލް ސާވިސްގެ ފޯމާ ޕްރޮގްރާމް ޑިރެކްޓަރު މިސް ޖެސިކާ މެކްއެވޮއީއެވެ.
މި ސަމިޓުގައި ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މުހިންމު އަސާސްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
- ގަވާނަންސް އެންޑް އިންސްޓިޓިއުޝަނަލް ކޯޑިނޭޝަން ފޯ ޑިޖިޓަލް ޓްރާންސްފޯމޭޝަން
- ނޭޝަނަލް ޑޭޓާ އެކްސްޗޭންޖް ޕްލެޓްފޯމް މެދުވެރިކޮށް ރައްކާތެރި އަދި އިންޓައޮޕަރަބަލް ޑޭޓާ ޝެއާ ކުރުން
- ސިޓިޒަން ސެންޓްރިކް ސަރވިސް ހަރުދަނާކުރުމާއި ގުޅޭގޮތުން
- ޑިޖިޓަލް އައިޑެންޓިޓީ ސިސްޓަމް އާއި ޓްރަސްޓެޑް ޑިޖިޓަލް ޓްރާންސެކްޝަންސް އާއި ގުޅޭ ގޮތުން
- އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ކުރިއަރަމުން އަންނަ ޓެކްނޯލޮޖީސްތައް ޒިންމާދާރު ގޮތުގައި ބޭނުން ކުރާނެ ގޮތް
- މޯލްޑިވްސް 2.0ގެ މަގުޗާޓުގައިވާ ހަރަކާތްތައް އިމްލިމެންޓްކޮށް ތަރައްގީ ކުރުމާއި ގުޅޭ ގޮތުންނެވެ.
